ޓިއުޓޯރިއަލްޕްރީ ސްކޫލުގެ 7 ވަނަ ސްޕޯރޓް މީޓް ޒޯން ސްޓޭޑިއަމް7 ގައި ބާއްވައިފިއެވެ.
މިދިޔަ ހުކުރު ހޮނިހިރުގައި ޓިއުޓޯރިއަލް ހައުސްތަކުގައި ބޭއްވުނު މުބާރާތްތަކުން 1 ވަނަ ހައުސްއަކަށް ހޮވުނީ ހިރުދު އެވެ. 2 ވަނަ ހައުސްއަކަށް ހޮވިފައިވަނީ މިދިލި ހައުސްއެވެ. އަދި 3 ވަނަ ހައުސްއަކަށް ހޮވިފައިވަނީ ކާނި ހައުސްއެވެ.
ޓިއުޓޯރިއަލް ސްކޫލުން ހުވަދޫ އަށް މަޢުލޫމާތުދިން ގޮތުގައި ކުރީއަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ތަފާތު ގިނަ މުބާރާތްތައް ވަނީ ބާއްވާފައެވެ. އޭގެތެރޭގައި މުޅިންވެސް ހުރީ ނާސަރީ އުމުރުފުރާތަކާ ގުޅޭކުޅިވަރުތައްކަމަށް އެސްކޫލުން ފާހަގަކުރިއެވެ. އަދި ޙާއްސަކޮށް މިފަހަރު މިބޭއްވުނު މުބާރާތަކީ ބެލެނެވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ބޭއްވުނު މުބާރާތެއްކަމަށްވެސް އެފަރާތުން މަޢުލޫމާތުދިނެވެ. އަދި މިއަންނަ އަހަރުވެސް މިފަދަ އެހެން މުބާރާތެއް ބާއްވާނެކަމަށްވެސް އެފަރާތުން މަޢުލޫމާތުދިނެވެ.
No comments:
Post a Comment